މީމު އަތޮޅު

މުލަކައަތޮޅު ނުވަތަ މ. އަތޮޅަކީ ވ. އަތޮޅުން ދެކުން ރާއްޖޭގެ އިރުމަތީ ދުނީގައި އޮންނަ އަތޮޅެކެވެ. އަތޮޅުގައި 33 ރަށް އޮންނައިރު މީހުން ދިރިއުޅެމުންދަނީ 9 ރަށެއްގައެވެ. ނަމަވެސް 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާއާއި ގުޅިގެން މަޑިފުށީ ރައްޔިތުންވަނީ އެހެން ރަށަކަށް ބަދަލުކޮށްފައެވެ. މަޑިފުށި މިހާރު ދަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންނެވެ. އެހެންކަމުން މިހާރު އަތޮޅުގައި މީހުން ދިރިއުޅެމުންދަނީ 8 ރަށެއްގައެވެ.

އެއީ މުލި، މުލައް، ނާލާފުށި، ކޮޅުފުށި، ވޭވަށް، ދިއްގަރު މަޑުއްވަރި އަދި ރަތްމަންދޫ އެވެ. މ. އަތޮޅުގައި ވެރިކަން ކުރަނީ މުލީގައެވެ.