މަޑުއްވަރި ޒުވާން ޖީލްގެ އޮފީސް -- ފޮޓޯ: މީމު.އެމްވީ

މ. މަޑުއްވަރީ / ގޭޓް އަލްމަރްޙޫމް ޙުސައިން އާދަމް (ދޮންބޭބެ) ގެ ހަނދާނުގައި މަޑުއްވަރީ ޒުވާންޖީލް (މިޒާޖު) ން ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު ހަފްތާ ތެރޭގައެވެ.

މިޒާޖު ޖަމިއްޔާއިން މަޢުލޫމާތު ދޭގޮތުގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މި މުބާރާތުގެ ކޮންމެ އުމުރު ފުރައާއަކުން ދެގޮފިން 1 ވަނަ، ދެވަނަ އަދި ތިން ވަނައަށްދާ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑެތި މީހުންނަށާއި ސްކޫލު ދަރިވަރުންނަށް މިހާރު ހުޅުވާލާފައިވާއިރު ފޯމު ދޫކުރުމާއި ބަލައިގަތުން މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެޖަމްޢިއްޔާގެ އިދާރާއިން ކުރިއަށްދާނެކަމަށެއެވެ.

އެގޮތުން ރޭގަނޑު 20:30 ން 21:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި 13:00 ން 14:00 އަށް ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނެކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ.

ޝެއަރކުރައްވާ