ޑީޒެޑްޖޭގެ ޤުރުއާން މުބާރާތުގެ ތެރެއިން -- ފޮޓޯ: ޑީޒެޑްޖޭ

ދިއްގަރު ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިގެން ކުރިއަށް އެބަދެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު އެޖަމްޢިއްޔާގެ ފަރާތުން ބާއްވަމުން އަންނަ މިމުބާރާތް ފަށާފައިވަނީ ޖޫން 1 ވަނަ ދުވަހުއެވެ. މިމުބާރާތް މިރެއާ ހަމައަށް ކުރިއަށްދާނެއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 122 ބައިވެރިން ބައިވެރިވެފައިވެއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ 7 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 19 އަހަރުން މަތީގެ އުމުރު ފުރައެވެ.

ޑީޒެޑްޖޭގެ ޤުރުއާން މުބާރާތުގެ ތެރެއިން — ފޮޓޯ: ޑީޒެޑްޖޭ

މި އުމުރު ފުރައިގެ ތެރެއިން 19 ދަށާއި 19 އަހަރުން މަތީގެ އުމުރު ފުރައިގައި ހަމަޖެހިފައިވަނީ ބަލައިގެން ކިޔެވުމުގެ ބައެވެ. ދެން ހިމެނޭ ކޮންމެ އުމުރު ފުރައަކުންވެސް ބަލައިގެންނާއި ހިތުން ކިޔެވުމުގެ ބައި ކުރިއަށްދާނެއެވެ.

ދިއްގަރު ޒުވާނުންގެ ޖަމްޢިއްޔާގެ ރައީސް ޢަބްދުއްރަޙުމާން ވާފިރު ވިދާޅުވީ މި މުބާރާތަކީ އެޖަމްޢިއްޔާއިން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ މުބާރާތެއްކަމަށާއި މިއީ މިމުބާރާތް ބާއްވާ 13 ވަނަ ފަހަރުކަމަށެވެ.

ޑީޒެޑްޖޭގެ ޤުރުއާން މުބާރާތުގެ ފަނޑިޔާރުން: މި މުބާރާތުގައި ޖުމްލަ 122 ބައިވެރިޔަކު ބައިވެރިވެފައިވޭ — ފޮޓޯ: ޑީޒެޑްޖޭ

މި މުބާރާތް ނިންމައި ނަތީޖާ ފާޅުކުރުން މި ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވާފިރު ވިދާޅުވިއެވެ.

ޝެއަރކުރައްވާ