ބޭނުންވާ ތަކެތި

1 ސަބްމެރިން ބަނަސް

1 ޖޯޑު ބޯންލެސް ކުކުޅު (ކިއުބްކޮށް ކޮށާފައި)

1 ފިޔާ (ހިމުންކޮށް ކޮށާފައި)

1 ލޮނުމެދު (ވަރަށް ހިމުންކޮށް ކޮށާފައި)

1 ކެޕްސިކަމް (ހިމުންކޮށް ކޮށާފައި)

1 ޓޮމާޓޯ (ވައްކޮށް ފޮތިކޮށްފައި)

2 ފޮތި ސްލައިސް ޗީޒް

2 މޭޒުމަތީ ސަމްސާ މަޔޮނައިސް

2 މޭޒުމަތީ ސަމްސާ ޗިލީ ގާރލިކް ސޯސް

1/2 ސައި ސަމްސާ އަސޭމިރުސް

2 ސައިސަމްސާ މަސްޓަރޑް ކްރީމް

2 ސައިސަމްސާ ބަޓަރ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދާފައި، ބަޓަރކޮޅު ވިރުވާލާށެވެ. އޭގެ ތެރޭގައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު މިލުވާލާށެވެ. އޭތިކޮޅު މިލުމުން ކެޕްސިކަމްކޮޅާއި ކުކުޅު މަސް ކޮޅު އަޅާލުމަށްފަހު މަސްތައް ރޯފިލަންދެން ހަނާ ކޮށްލާށެވެ. ރަހަ ހެޔޮވަރުކޮށްލުމަށް ލޮނާއި އަސޭމިރުސް އަޅާލާށެވެ.

ޗިލީ ގާރލިކް ސޯސް ކޮޅުތެރެއަށް ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާލާ އެއްކޮށްލާށެވެ. ބަނަސް މެދުން ފަޅާލުމަށްފަހު އެއްފުށުގައި މި ސޯސްކޮޅު އުނގުޅާލާށެވެ. އަނެއް ފަރާތުގައި އުނގުޅާނީ މަސްޓަޑް ކްރީމްކޮޅާއި މަޔޮނައިސްކޮޅު އެއްކޮށްލައިގެންނެވެ. ދެން އެއްފަޅި އަށް ކުކުޅު މަސްކޮޅު އަޅާލާށެވެ. އޭގެ މަތީ ޓޮމާޓޯ ފޮތި އަތުރާލުމަށްފަހު ޗީޒް ފޮތިތައް ތިނެސްކަނަށް ކަފާލައި އަތުރާލާށެވެ. ބޭނުންނަމަ ކުޑައިރުކޮޅެއް ވަންދެން އަވަނުން ފިހެލާށެވެ.

ޝެއަރކުރައްވާ