ބޭނުންވާނެ ތަކެތި

1 ފިޔާ (ކޮށާފައި)

3 ލޮނުމެދު (ކޮށާފައި)

1 ދަޅު މަސް

1/2 ޖޯޑު ލީކްސް (ކޮށާފައި)

1/2 ޖޯޑު ކެޕްސިކަމް (ކޮށާފައި)

8 އަލުވި (ފެނުކައްކާ، ކިއުބްކޮށް ކޮށާފައި)

ރަހަލާ ވަރަށް ލޮނު

1 ގިތެޔޮ މިރުސް (ކޮށާފައި)

ތެޔޮ ފޮދެއް

2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް

2 މޭޒުމަތީ ސަމްސާ ޗިލީ އެންޑް ގާލިކް ސޯސް

1 މޭޒުމަތީ ސަމްސާ ޗިލީ ސޯސް

 

ތައްޔާރު ކުރާނެ ގޮތް

ތެއްޔެއްގައި ތެޔޮފޮދު ހޫނު ކޮށްލައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު މިލުވާލާށެވެ. ދެން ކެޕްސިކަމް އާއި ލީކްސް ކޮޅުވެސް މިލުވާލުމަށްފަހު މަސްދަޅު އަޅާލާ އެއްކޮށްލާށެވެ. މީގެ ތެރެއަށް މިރުސްކޮޅު އަޅާލާ، ލޮނު ވެސް ލުމަށްފަހު ޓޮމާޓޯ ޕޭސްޓް އަދި ސޯސް ކޮޅު އަޅާލާ އެއްކޮށްލާށެވެ. ކެކެން ފެށުމުން އަލުވި ކޮޅުއަޅާލާ އެއްކޮށްލާށެވެ.

ޝެއަރކުރައްވާ