މ ރަތްމަންދޫ ސްކޫލުގައި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެގޮތުން އެ ސްކޫލުގެ ހުޅަނގު ކޮޅުގެ ނަލަފިލައާއި ސީލިން ބަދަލުކޮށްދޭނެ ފަރާތަކާއި ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްގެ އިތުރުން ސްކޫލުގެ ވަށާފާރު ރާނައިދޭނެ ފަރާތަކާއި ސުކޫލްގެ ކަރަންޓް ވައިރު ބަދަލްކޮއްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

ސުކޫލް ގެ ހުޅަނގު ކޮޅުގެ ނަލަފިލައާއި ސީލިން ބަދަލް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސައްކަތާ ގުޅޭ މައުލޫމާތު ދިނުން ޖުލައި 13 ވަނަ ދުވަހުގެ 10:30 ގައި އޮންނާނެ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން ޖުލައި 19 ވަނަ ދުވަހުގެ 10:30 ގައިި އޮންނާނެ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށާއި  މަޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.

ރަތްމަންދޫ ސްކޫލުގެ ސުކޫލްގެ ކަރަންޓް ވައިރު ބަދަލްކޮއްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސައްކަތާ ގުޅޭ މައުލޫމާތު ދިނުން ޖުލައި 12 ވަނަ ދުވަހުގެ 10:30 ގައި އޮންނާނެ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން ޖުލައި 18 ވަނަ ދުވަހު 10:30 ގައި އޮންނާނެ ކަމަށެވެ.

މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެއެވެ. މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ މަޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމަށެވެ.

ރަތްމަންދޫ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސައްކަތާ ގުޅޭ މައުލޫމާތު ދިނުން ޖުލައި މަހުގެ 11 ވަނަ ދުވަހު 10:30 ގައި އޮންނާނެ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން ޖުލައި 17 ވަނަ ދުވަހުގެ 10:30 ގައި އޮންނާނެ ކަމަށެވެ.

ސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެއެވެ.  މަޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ރަތްމަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތާ ބެހޭ މައުލޫމާތު ދިނުން ޖުލައި 11 ވަނަ ދުވަހުގެ 13:00 ގައި އޮންނާނެ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން 13 ޖުލައި ވަނަ ދުވަހުގެ 13:00 ގައި އޮންނާނެ ކަމަށެވެ.

މަޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ޝެއަރކުރައްވާ