މ ދިއްގަރު --

މ ދިއްގަރު ކައުންސިލުން އެރަށުގެ އެކު މުއައްސަސާތަކުގައާއި ގޭ ބިސީތަކުގައި ނައްތާލަން ބޭނުންވެ ނައްތާނުލެވިފައިވާ ބާޚަތިމާއި ޤުރުއާން ލިޔެފައިވާ ލިޔުންތައް ނައްތާލުމަށް ޕްރޮގްރާމް ހިންގުމަށް ނިންމައިފިއެވެ.

އެކައުންސިލުން މަޢުލޫމާތު ދޭގޮތުގައި ބާޚަތިމާއި ޤުރުއާން ލިޔެފައިވާ ލިޔުންތައް ނައްތާލުމަކީ ވަކި ޚާއްޞަ އުޞޫލްތަކެއްގެ ދަށުން ކުރިއަށް ގެންދަންޖެހޭ ކަމަކަށްވާތީ މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމުގައި ޢާންމުންނަށް އެހީތެރިވެދިނުމަކީ މި ޕްރޮގްރާމްގެ މަޤުޞަދުކަމަށެވެ.

މިޕްރޮގްރާމުގެ ދަށުން ބާޚަތިމާއި ޤުރުއާން ލިޔެފައިވާ ލިޔުންތައް ނައްތާލުމަށް ބޭނުންވާ ފަރާތްތަކުން ބާޚަތިމާއި ޤުރުއާން ލިޔެފައިވާ ލިޔުންތައް ހަވާލުކުރުމަށް އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވެއެވެ. އެގޮތުން އެކައުންސިލްގެ އިދާރާއަށާއި ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރަށް ގުޅުއްވައި ނައްތާލުމަށް

ބޭނުންވާ ބާޚަތިމާއި ޤުރުއާން ލިޔެފައިވާ ލިޔުންތައް އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހަވާލުކުރުމަށް އެދޭކަމަށްވެސް އެއިޢުލާނުގައި ވެއެވެ.

ޝެއަރކުރައްވާ