މުލަކަތޮޅު ރަތްމަންދޫ ސްކޫލުގެ ކަރަންޓް ވަޔަރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ ސްކޫލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ  ސުކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތައް އަމިއްލަތަކެތީ ގައި މި މަސައްކަތް ކޮށްދިނުމައް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 15 ވަނަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އޮގަސްޓް 21 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)  ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި  ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށާއި މަޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.

ޝެއަރކުރައްވާ