ރިޒްޤަކީ މާތް ﷲގެ އަޅުތަކުންނަށް އެކަލާނގެ ދެއްވަވާ ނިޢުމަތެކެވެ. އެއީ ވަކި މީހަކަށް އެކަން މަނާކުރެވޭނެ އެއްޗެއް ނޫނެވެ. އަދި ވަކިމީހަކަށް އެކަމެއް ހާޞިލުކޮށްދެވޭނެ ކަމެއްވެސް ނޫނެވެ. އެހެނީ ރިޒްޤަކީ ﷲ ލިޔުއްވާ ނިމިފައިވާ ކަމެކެވެ. އިންސާނާ އުފަންވުމުގެ ކުރިން އިންސާނާއަށް ކަނޑައެޅިފައިވާ ރިޒްޤް ﷲ ގެ ފޮތުގައި ލިޔުއްވޭނެއެވެ. ނަމަވެސް ރިޒްޤަށް ނުވަތަ ކުރިއެރުމަށް ހުރަސްއަޅާގޮތަށް ހަދާ ސިޙުރަކީ ޖިންނި ޝައިތާނުންގެ އެހީގައި ( ﷲ ގެ ވާގިފުޅާއެކު ) ޖެހޭ ސިޙުރެއްކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަން ޖެހޭނެއެވެ.

މާތް ﷲ އިސްރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

 إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا ﴿٣٠﴾ وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا ﴿٣١﴾ މާނައީ: ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.

އެހެންކަމުން މިފަދަ ކަމެއް ޝައިތާނާއާއި ސިހުރުވެރިޔާ ކުރާނީ ކިހިނެތްބާވައޭ ސުވާލު ނުއުފެދޭ ހެއްޔެވެ؟ ދަންނާށެވެ. ކޮންމެ ސިހުރެއްގައިވެސް އޭގެ ދަޢުރު ކުޅެނީ ޝައިތާނާއެވެ. އެހެނަސް ޝައިތާނުން ﷲ ގެ އިރާދަކުރެއްވުމަށް ހުރަސް އަޅަނީކީ ނޫނެވެ. އެކަމަކަށް ޝައިޠާނާއަކަށް ހުރަހެއް ނުވެސް އެޅޭނެއެވެ. އެހެންނަމަވެސް ޝައިތާނުން ސިޙްރު ޖެހިފައިވާ މީހާއަށް ރިޒްޤު ތަނަވަސް ވުމަށް އޮންނަ މަގުތަކަށް ހުރަސް އަޅަނީއެވެ. މި ސިޙްރުގައި ވާގޮތަކީ މިއީއެވެ.

މި ސިޙްރުގައި އަލާމާތްތަކެއް ފެންނާނެއެވެ. ނަމަވެސް ހުރިހާ އަލާމާތްތައް ދިމާނުވުމަކީ ވެދާނެކަމެކެވެ. މިގޮތުން މިފަދަ ސިޙުރުތަކުގައި ފެންނާނެ އަލާމާތްތަކަކީ ކަންކަމާއި މެދު ބަހައްޓާ އަޅާލުން ކުޑަވުމާއި، ތިމާކުރަންޖެހޭ މަސައްކަތް މަތީން ފޫހިވުމާއި، ތިމާ ބޭނުންވާ ކަންކަން ކުރާނެ ހިތްވަރާއި ފަންވަރު ނުލިބުމާއި، ޤާބިލްކަން ހުރިނަމަވެސް ތަކުރާރުކޮށް ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ކުރިމަތިލުމުން އެކަން ކާމިޔާބު ނުވުމާއި، މަސައްކަތުގެ މާޙައުލުގައި ހޭދަކުރާ ވަގުތު ނިދިއައިސް ވަރުބަލިވުމާއި، ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް އަދާކުރަމުންދާ ވަޒީފާ ނުވަތަ މަސައްކަތުގައި ކުރިއެރުން ނުލިބުމާއި ފައިސާ ލިބުން ކަމުގައިވީ ނަމަވެސް އަތުގައި ފައިސާ ހަރުނުލުން ނުވަތަ ފައިސާއަށް ވާނުވާ ނޭނގުމެވެ.

މީގެއިތުރުން މީހުން ތިމާ ދެކެ ފޫހިވުމާއި ފަސޭހައިން ތިމާ ރުޅިއައުމާއި އަބަދުވެސް ދެރަގޮތް މެދުވެރިވާހެން ހީވެ އުންމީދު ގެއްލިފައިވުމާއި، މީހުން ދެކެ ރުޅިއައުމާއި، އެހެން މީހުން ރުޅިއަންނަ ކަމަށް ވިސްނުމާއި، އަބަދު ގައިގައި ރިއްސައި ގައިގައި ވަރުނެތުން އިޙުސާސްވާހެން ހީވުމާއި، އަބަދުވެސް ކޮންމެވެސް ކަމަކާ ބޯސްހާވެ ފިކުރުބޮޑުވެފައި ހުރުމަކީވެސް މިފަދަ ސިޙުރުތަކުގައި ފެންނާނެ އަލާމާތްތަކެވެ.

ފަރުވާ ކުރާނެ ގޮތް
سورة الفاتحة

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾

سورة البقرة
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾

سورة البقرة
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾

سورة البقرة
الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾

سورة البقرة
مَّن ذَا الَّذِي يُقْرِضُ اللَّـهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ۚ وَاللَّـهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ ﴿٢٤٥﴾

سورة آل عمران
وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّـهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾

سورة الأعراف
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾

سورة يونس

فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ﴿٨٢﴾

سورة طه

وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾

سورة المائدة
وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَاءَ مَا يَعْمَلُونَ ﴿٦٦﴾

سورة الأعراف
وَنَادَىٰ أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ أَوْ مِمَّا رَزَقَكُمُ اللَّـهُ ۚ قَالُوا إِنَّ اللَّـهَ حَرَّمَهُمَا عَلَى الْكَافِرِينَ ﴿٥٠﴾

سورة الأنفال
وَالَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّـهِ وَالَّذِينَ آوَوا وَّنَصَرُوا أُولَـٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴿٧٤﴾

سورة يونس
قُلْ أَرَأَيْتُم مَّا أَنزَلَ اللَّـهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَالًا قُلْ آللَّـهُ أَذِنَ لَكُمْ ۖ أَمْ عَلَى اللَّـهِ تَفْتَرُونَ ﴿٥٩﴾

سورة يوسف
قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي ۚ إِنِّي تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِاللَّـهِ وَهُم بِالْآخِرَةِ هُمْ كَافِرُونَ ﴿٣٧﴾

سورة الشعراء

 أَنْتُمْ وَآبَاؤُكُمُ الْأَقْدَمُونَ ﴿۷۶﴾ فَإِنَّهُمْ عَدُوٌّ لِي إِلَّا رَبَّ الْعَالَمِينَ  ﴿۷۷﴾ الَّذِي خَلَقَنِي فَهُوَ يَهْدِينِ  ﴿۷۸﴾ وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ  ﴿۷۹﴾ وَإِذَا مَرِضْتُ فَهُوَ يَشْفِينِ  ﴿۸۰﴾ وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ  ﴿۸۱﴾ وَالَّذِي أَطْمَعُ أَنْ يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ  ﴿۸۲﴾ رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ  ﴿۸۳﴾ وَاجْعَلْ لِي لِسَانَ صِدْقٍ فِي الْآخِرِينَ  ﴿۸۴﴾ وَاجْعَلْنِي مِنْ وَرَثَةِ جَنَّةِ النَّعِيمِ  ﴿۸۵﴾

سورة فصلت
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾

سورة الذاريات

 وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ  ﴿۲۲﴾ فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِثْلَ مَا أَنَّكُمْ تَنْطِقُونَ  ﴿۲۳﴾

سورة التوبة
قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾

سورة يونس
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾

سورة النحل
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾

سورة الإسراء
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾

سورة الإخلاص

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾

سورة الفلق

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾

سورة النّاس

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾

މަތީގައިވާ އާޔަތްތައް ފެނަށް ކިޔަވައިގެން ބަލިމީހާއަށް ބޯންދޭށެވެ. އަދި ކޮންމެ ރެއަކު މި އާޔަތްތައް ފެނަށް ކިޔަވައި ގަޔަށް ފެން އަޅާށެވެ. ހަމައެހެންމެ 500ގ މާމުޔަށް 30ގރ މުގުރި ކަޅުދިރި އެއްކުރާށެވެ. އެއަށްފަހު ހަމަ މި އާޔަތްތައް ކިޔަވާށެވެ. ދެން އެ މާމުއިން ހެނދުނު ހުސްބަނޑާ ސަމްސަލެއް އަދި ރޭގަނޑު ނިދަންވުމުން ސަމްސަލެއް ބަލިމީހާއަށް ބޯންދޭށެވެ. ހަމަ އެހެންމެ، ބަލިމީހާ ސިޙުރު ބާތިލް ކުރުމުގެ ނިޔަތުގައި މިއާޔަތްތައް ގިނަގިނައިން ކިޔެވުމީ މޮޅު އިތުރުގޮތެކެވެ.

މީގެ އިތުރުން 125 އެމް.އެލް ކަޅުދިރި ތެލުގެ ތެރެއަށް 125 އެމްއެލް ޒައިތޫނި ތެޔޮ އެއްކުރުމަށްފަހު ހަމަ މަތީގައި ބަޔާން ކުރެވުނު އާޔަތްތައް ކިޔަވާށެވެ. ކޮންމެ ދުވަހެއްގެ ހެނދުނާއި ރޭގަނޑު، ގައިގައި މި ތެޔޮ އުނގުޅާށެވެ. ތެެޔޮ އުނގުޅާއިރު ބޮޑަށް މޭމަތީގައާއި، ފައިގެ ފަލަމަހުގައި އަދި ބުރަކަށީގައި އުނގުޅުމަށް ސަމާލުކަން ދޭށެވެ. ތިބާގެ ދިރިއުޅުމުގެ ކަންކަން ފަސޭހަވެ، ރިޒްޤް ތަނަވަސްވުމުގެ މަގުތައް ފަހިވަންދެން މި ޢަމަލު ކުރާށެވެ. ދަންނާށެވެ! ހަމަ އެކަނި މިފަރުވާއަށް ބަރޯސާވެ ނުހުންނާށެވެ. މި ފަރުވާ ކުރަމުން ރިޒްޤު ހޯދުމަށް މަސައްކަތްކުރުމަކީވެސް ކުރަންޖެހޭނެ ކަންކަމެވެ. އޭރުން ﷲ ގެ ވާގިފުޅާއެކު ރިޒްޤު ތަނަވަސް ވެގެން ދާނެއެވެ.

ނޯޓް: ( އައްޝިފާ ބްރޭންޑް މާމުއި މިކަންކަމަށް ވަރަށް ރަނގަޅުކަމަށް ތަޖުރިބާ ކުރެވިފައިވެއެވެ. )އާޔަތްތައް ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ބޭނުން އަދަދަކަށް ކިޔެވިދާނެއެވެ. އެހެން ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެން ވެއެވެ.މިގޮތުން ކޮންމެ އާޔަތެއް 3 ފަހަރު، 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކައް ލޯބިކުރައްވަތެެވެ.

އެޑިޓޯރިއަލް ނޯޓް: ޙުސެއިން އަކީ ރުޤްޔާކުރުމުގައި ހަރަކާތެރިވާ އަދި އެކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. ރުޤްޔާކުރުމަށް އެހީއަކީ ޙުސައިންގެ އިސްނެގުމުގެ މަތިން ރުޤްޔާކުރުމަށް ބޭނުންވެފައިތިބި، އަދި ދަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ކޮލަމްއެކެވެ.

ޝެއަރކުރައްވާ