ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިއްގަރުގައި ޚާއްޞަ  ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ދިއްގަރު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ދިއްގަރު ޓީއެފްއެމް ސްޕޯޓްސް ކުލަބާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި މުލަކަތޮޅު އަތޮޅު ކައުންސިލާއި ދިއްގަރު ކައުންސިލް ގުޅިގެން ބޭންކު އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ބޭއްވި ހަރަކާތެކެވެ.

މިހަރަކާތުގެ ތެރެއިން ދިއްގަރު ސްކޫލުގައި ޚާއްޞަ އެސެމްބްލީއެއް ބާއްވާފައިވާއިރު ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ސްކޫލު ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާއިރު ކެންސަރު ދުވަހުގެ ޚާއްޞަ ހަރަކާތުގެ ގޮތުން ވަނީ ޑޮކްޓަރުންނާ ސުވާލުކުރުމުގެ  ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ދިއްގަރުގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ އިތުރުން ޓީއެފްއެމް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާގުޅިގެން ބެންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު މ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން މ. އަތޮޅުގައި މީހުން ދިރިއުޅެމުންދާ 8 ރަށުގައި ވަނީ ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ.

ދިއްގަރުގައި ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގެ ތެރެއިން —

ޓީއެފްއެމް ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދޭގޮތުގައި އެކުލަބާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް  ގުޅިގެން ބޭންކު އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު މ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގި މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މުލަކަތޮޅު ކައުންސިލާއި ފުލުހުން އަދި ރަށްރަށުގެ ކައުންސިލްތަކުންނާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

ޝެއަރކުރައްވާ