ދިއްގަރުގައި ކުރިއަށްދާ ކެންސަރ ސްކްރީނިންގ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ޓީއެފްއެމް

ދިއްގަރު ޓީއެފްއެމް ސްޕޯޓްސް ކުލަބާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ބެންކު އޮފް މޯލްޑިވްސް ގެ އެހީތެރިކަމާއެކު އެރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

ފެބްރުއަރީ 15 ން 17 އަށް ދިއްގަރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ދާނެކަމަށް ޓީއެފްއެމް ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއެވެ.

މި ޕްރޮގްރާމް ދިއްގަރުގައި ކުރިއަށް ދިޔަނަމަވެސް އަތޮޅުގެ އެހެން ރަށްރަށުންވެސް ސްކްރީން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާޅާފައިވާކަމަށާއި މިގޮތުން އަތޮޅުގެ އެހެން ރަށްރަށުން ސްކްރީން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކުލަބުގެ ފަރާތުން ދަތުރު ހަމަޖައްސައި ދިނުމަށް ހަމަޖެހިފައިވާކަމަށް އެކުލަބުން މަޢުލޫމާތުދެއެވެ.

ދިއްގަރުގައި ކުރިއަށްދާ ކެންސަރ ސްކްރީނިންގ ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ: ޓީއެފްއެމް

ޓީއެފްއެމް ސްޕޯޓްސް ކުލަބާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން މ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ޝެއަރކުރައްވާ