ދިވެހި ގިނަ ވާހަކަތަކެއް ގެނެސްދޭ އޮންލައިޓް ޕްލެޓްފޯމެއް ކަމަށްވާ ވާހަކަ.ކޮމް އިން ނެރޭ ފުރަތަމަ ވާހަކަފޮތް “ބަސްނާފުށި” ފޮތަކީ ކުޑަކުދިންނަށް ކަމުދާނެ ވަރަށް ތަފާތު ވާހަކައަކަށް ވާނެކަމަށް ވާހަކަ.ކޮމްއިން ބުނެފިއެވެ.

މީމު.އެމްވީ އާ ވާހަކަދައްކަމުން ވާހަކަ.ކޮމްއިން ބުނީ މިފަހަރުގެ ވާހަކަ ވަރަށް ތަފާތު ވާނެކަމަށާއި މިވާހަކަ ވެގެންދާނީ ކުޑަކުދިން ކިޔާ ހިތްވާ ވާހަކަ އަކަށްކަމަށެވެ. އަދި މިއީ ވާހަކަ.ކޮމްއިން ނެރޭ ފުރަތަމަ ފޮތްކަމަށާއި ފޫޅުދިގު ހަންޑިއާއި ރަންނަމާރި ވާހަކަ އެއްވާހަކައެއްގެ ގޮތުގައި މިފޮތުގައި ހިމެނޭނެކަމަށާއި މިފޮތް ކުޑަކުދިންގެ މެދުގައި މަޤުބޫލު ފޮތަކަށް ވެގެންދާނެކަމަށް ޤަބޫލުކުރާކަމަށެވެ.

ދިވެހިންގެ ތެރޭގައި މަޝްހޫރު ވާހަކަ.ކޮމް އިން ނެރޭ ފުރަތަމަ ވާހަކަ އަމާޒުކޮށްފައވަނީ ކުޑަކުދިންނަށެވެ. އަދި ލިބޭ ތަރްޙީބަށް ބަލާ މުސްތަޤްބަލުގައި ގިނަ ވާހަކަތަކެއް ފޮތެއްގެ ސިފައިގައި ނެރޭނެކަމަށް ވާހަކަ.ކޮމް އިން މަޢުލޫމާތުދެއެވެ. ވާހަކަ.ކޮމްއިން ބުނީ މިހާރުވެސް ވާހަކަ.ކޮމް ސައިޓް މެދުވެރިކޮށް ވާހަކަ ފޮތް “ޕުރީ—އޯޑަރ” ކުރެވޭނެ ކަމަށެވެ. އަދި ޕްރީއޯޑަރ ކުރައްވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް ދޭނެކަމަށެވެ.

ޝެއަރކުރައްވާ