ޑީސީޖޭ އާއި ގެލެކްސީ އެފްސީ ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: މީމު.އެމްވީ

އައިލެންޑަރސް ފުޓްސަލް ޗެލެންޖުގައި އިއްޔެ ކުޅުނު މެޗުތަކުން މަޑުއްވަރީ މުސްކުޅި ބޯއިސް އާއި އެފްއޯޑީ އާއި ބިޒީ ބޯއިސް އަދި ޑީސީޖޭ މޮޅުވެއްޖެއެވެ.

އެގޮތުން އިއްޔެ ހަވީރު ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މަޑުއްވަރީ މުސްކުޅި ބޯއިސް އާއި އެފްސީއެން ވާދަކުރި މެޗު ކާމިޔާބުކީ މަޑުއްވަރީ މުސްކުޅި ބޯއިސްއެވެ. އަދި ހަވީރު ކުޅުނު ދެވަނަ މެޗުގައި އެފްއޯޑީ އާއި ޖަމިއްޔަތުލް ކޮވިގޯނި ވާދަކުރިއިރު މިމެޗު 2-1 ނަތީޖާއަކުން ކާމިޔާބުކުރީ އެފްއޯޑީ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޢަލީ ޝިފާއުއެވެ.

ރޭ ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބިޒީ ބޯއިސް އާއި އެފްސީ ރިއޯ ވާދަކުރިއިރު މިމެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބިޒީ ބޯއިސްއެވެ. ރޭ ކުޅުނު ދެވަނަ މެޗުގައި ޑީސީޖޭ އާއި ދަ ގްރާންޑޭ ބްރަދަރސް ވާދަކޮށްފައިވާއިރު މި މެޗު 7-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޑީސީޖޭއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޑީސީޖޭގެ ޢަލީ މާއިސްއެވެ.

މި މުބާރާތުގައި މިއަދު ހަތަރު މެޗެއް ކުޅޭނެއެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ކުލަބް އެކްސް އާއި އެސްޕަރެންޒާއެވެ. މިމެޗު ފަށާނީ 16:00 ގައެވެ. ދެވަނަ މެޗުގައި ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން އާއި އެފްސީއެން ވާދަކުރާއިރު މިމެޗު ފަށާނީ 17:00 ގައެވެ.

މިރޭ ކުޅޭ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗު މިރޭ 20:30 ގައި ފަށާއިރު މިމެޗުގައި ވާދަކުރާނީ މަޑުއްވަރީ މުސްކުޅި ބޯއިސް އާއި އެފްސީ ބާޒުއެވެ. މިރޭ 21:30 ގައި ވާދަކުރާ މެޗުގައި ވާދަކުރާނީ އެފްއޯޑީ އާއި އެފްސީ ރިއޯއެވެ.

ޝެއަރކުރައްވާ