-- ފޮޓޯ: ދިއްގަރު ކައުންސިލް

މުލަކަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި އަތޮޅު ކައުންސިލްގެ 23 ވަނަ ޤުރުއާން މުބާރާތުގެ އެއް ވަނަ ދިއްގަރު ހޯދައިފިއެވެ.

މުބާރާތުގެ އެއް ވަނަ ދިއްގަރު ހޯދިއިރު ދެވަނައަށް ދިޔައީ މުއްޔެވެ. ތިން ވަނައަށް ދިޔައީ މަޑުއްވަރިއެވެ. އޭޕްރީލް މަހުގެ 26 ން 27 އަށް ދިއްގަރުގައި ބޭއްވި މިމުބާރާތުގައި ދެގޮފި އެއްކޮށް މުޅި މުބާރާތުން އެއްވަނަ ހާސިލްކުރީ ދިއްގަރު ކައުންސިލްގެ އާއިޝަތު ސުހާއެވެ.

މުބާރާތުގެ ގޮފިތަކުގެ ވަނަތަކަށް ބަލާލާއިރު ފޮތުން ކިޔެވުން – ވިދިވިދިގެން 10 ފޮތުގެ ބައިން އެއް ވަނަ ހާސިލްކުރީ މަޑުއްވަރީގެ މަފްރޫޒް މުޙައްމަދު ރިޔާޟްއެވެ. ފޮތުން ކިޔެވުން – ޖެހިޖެހިގެން 20 ފޮތުގެ ބައިން އެއް ވަނަ ހާސިލްކުރީ ދިއްގަރުން މުބާރާތުގައި ވާދަކުރި އާމިނަތު ލުޔޫނާ  މުޙައްމަދުއެވެ. ދެވަނަ ދިއްގަރުން މުބާރާތުގައި ވާދަކުރި ޞާފިޔަތު ދުންޔާ މުޙައްމަދު ހޯދިއިރު، ތިން ވަނަ ހާސިލްކުރީ ކޮޅުފުށިން މުބާރާތުގައި ވާދަކުރި އާއިޝަތު ނަދާއެވެ. އަދި ފޮތުން ކިޔެވުން – މުޅި ޤުރުއާން އެއްކޮށް މި ބައިން އެއްވަނަ ހާސިލްކުރީ ދިއްގަރުން މުބާރާތުގައި ވާދަކުރި އާއިޝަތު ސުހާއެވެ.  މިބައިން ދެވަނަ ދިއްގަރުގެ ލަޔާނަތު ޙުސައިން ހާސިލްކުރިއިރު ތިން ވަނަ ހާސިލްކުރީ ކޮޅުފުށީގެ އާއިޝަތު އުސްރާ އިބްރާހިމްއެވެ.

މުލަކަތޮޅު ޤުރުއާން މުބާރާތުގެ ތެރެއިން — ފޮޓޯ: ދިއްގަރު ކައުންސިލް

މުބާރާތުގެ ހިތުން ކިޔެވުން – ވިދިވިދިގެން 5 ފޮތުގެ ބައިން އެއްވަނަ ހާސިލްކުރީ ދިއްގަރުގެ އަޙްމަދު ޝާތިރު ޢަލީ ހޯދިއިރު މިގޮފިން ދެވަނަ ހާސިލްކުރީ މުލިން މުބާރާތުގައި ވާދަކުރި އާއިޝަތު ޢިއްޒަތު ޔޫސުފްއެވެ. ތިން ވަނަ ހާސިލްކުރީ މުލީގެ ފާތިމަތު މޫނިސާ މޫސާއެވެ.

ފޮތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހާސިލްކުރީ ދިއްގަރުން މުބާރާތުގައި ވާދަކުރި އައިޝަތު ސުހާއެވެ. ދެވަނަ ދިއްގަރުގެ ލަޔާނަތު ޙުސައިން ހާސިލްކުރިއިރު، ތިން ވަނަ ހާސިލްކުރީވެސް ދިއްގަރުން މުބާރަތުގައި ވާދަކުރި އާމިނަތު ލުޔޫނާ މުޙައްމަދުއެވެ. ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ދިއްގަރުގެ އަޙްމަދު ޝާޠިރު ޢަލީ ހާސިލްކުރިއިރު، ދެވަނަ ހާސިލްކުރީ މުލީގެ އާއިޝަތު އިއްޒަތު  ޔޫސުފްއެވެ. އަދި ތިން ވަނަ ހާސިލްކުރީ މުލީގެ ފާތިމަތު މޫނިސާ މޫސާއެވެ.

މުލަކަތޮޅު 23 ވަނަ ޤުރުއާން މުބާރާތުގައި 5 ރަށަކުން 36 ބައިވެރިން ބައިވެރިވެފައިވެއެވެ.

ޝެއަރކުރައްވާ