އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން
ދިއްގަރު ދާއިރާއަށް ވާދަކުރައްވާ ހީނާ ވަލީދުގެ މާލޭގެ ކެމްޕެއިން ޖަގަހަ ހުޅުވައިފިއެވެ.

ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ އޭނާއަކީ ފައިސާއަށް ވިކޭނެ މީހެއް ނޫންކަމަށާއި އެއްވެސް މީހަކު ދޭ ހަދިޔާއަކަށްވެސް ވިކޭނެ މީހެއް ނޫންކަމަށެވެ. އަދި ދިއްގަރު ދާއިރާގެ ރައްޔިތުންނާ ދޭތެރޭ ދެކޭ ހުވަފެންތަކެއް އެބަހުރިކަމަށާއި ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތައް ހައްކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ތަރައްޤީއަށް މަޖިލިސް ތެރެއިން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށާއި ދާއިރާގެ ހުރިހާ އަންހެނުންވެސް އޭނާގެ ފަހަތަށް އެރުމަށާއި އިންތިޚާބުގައި ވިސްނާ ނުލައި ރައްޔިތުން ވޯޓު ދެއްވައިފިނަމަ ވަރަށް ހިތާމަވެރި ކަންތައްތަކެއް ދިމާވާނެކަމަށެވެ. މީގެއިތުރުން ދާއިރާގެ ހުރިހާ ރައްޔިތުންވެސް ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވެ.

ރޭ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމާއި އެޕާޓީގެ ނައިބު ރައީސް މުޙައްމަދު ސަޢީދުގެ އިތުރުން ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ބައެއް އިސްފަރާތްތަކާއި ދާއިރާގެ ބައެއް ރައްޔިތުން ބައިވެރިވެފައިވެއެވެ.

ޝެއަރކުރައްވާ