ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު މުލަކަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

މުލަކު ދާއިރާގެ މިހާރުގެ މެމްބަރު އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މުލަކު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ނަސީރުގެ ކެމްޕެއިން ފޭސްބުކް ޕޭޖްގެ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދުގެ 13:15 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ، އިބްރާހިމް ނަސީރުގެ ކެމްޕެއިންއާ ގުޅިވަޑައިގަތުމަށް މުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން ރަށުގެ ބަނދަރު ސަރަޙައްދަށް ވަޑައިގަތުމަށް ދަޢުވަތު އަރުވާކަމަށްވެސް އެޕޭޖުގައި ބުނެފައިވެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޝެއަރކުރައްވާ