ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިއްގަރު ވަޑައިގެން އެރަށު އަންހެން ވޮލީ ޓީމާއެކު ވޮލީ ކުޅުއްވައިފިއެވެ.

ރައީސް ޞާލިޙް މިއަދު ހަވީރު ދިއްގަރުގައި ވަޑައިގެންފައިވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޓޭޓުންނަށް ތާޢީދު އިތުރުކުރެއްވުމަށް ފ. އަތޮޅާއި ދ. އަތޮޅު އަދި މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރައީސް ޞާލިޙް ވޮލީ ކުޅުއްވިއިރު ހުންނެވީ އޮފީސް ހެދުންކޮޅުގައެވެ. ރައީސް ޞާލިޙް އަރިހުގައި ސަރުކާރުގެ އެހެން ބައެއް ބޭފުޅުން ވެސް ވޮލީ ކުޅުއްވުމުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ޝެއަރކުރައްވާ