ޕީއެސްއެމްއިން ގެނެސްދިން މަޖިލިސް ބަހުސް ދިއްގަރު ދާއިރާގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް

މިދިޔަ ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރެއްވި އިކްރާމް ޙަސަން ކާމިޔާބުކުރައްވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިހާތަނަށް އާންމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު ދިއްގަރު ދާއިރާއަށް ވާދަކުރެއްވި އިކްރާމް ޙަސަނަށް 1085 ވޯޓު ލިބިފައިވެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު ނާޒިމްއަށް ލިބިފައިވަނީ 785 ވޯޓެވެ. ދިއްގަރު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ހީނާ ވަލީދަށް ލިބިފައިވަނީ 283 ވޯޓެވެ.

ދިއްގަރު ދާއިރާއަށް ވޯޓުލުމުގެ ހައްޤު 2640 މީހަކަށް ލިބިފައިވާއިރު، ވޯޓުލާފައިވަނީ 2214 މީހުންނެވެ. އަދި ސައްޙަ ވޯޓުގެ ގޮތުގައި 2153 ލިބިފައިވާއިރު ބާތިލް ވޯޓު 61 ލިބިފައިވެއެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީ ކެންޑިޑޭޓް އިކްރާމް ޙަސަން މިހާރު ގެންދަވަނީ ދާއިރާގެ ރަށްތަކަށް ޒިޔާރަތްކުރައްވަމުންނެވެ.

ޝެއަރކުރައްވާ