ާމިދިޔަ ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި މުލަކު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ނަޞީރު ގޮނޑި ކާމިޔާބުކުރައްވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު މުލަކު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިބްރާހިމް ނަޞީރަށް ލިބިވަޑައިގެންފައިވަނީ 980 ވޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ޖުހައިނާ ޞާދިޤްއަށް 534 ވޯޓުލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ޔޫސުފް ޞިދްޤީއަށް ލިބިފައިވަނީ 464 ވޯޓެވެ.

މިދާއިރާއަށް އަދާލަތު ޕާޓީން ވާދަކުރެއްވި އައިޝަތު ރިޔާޞާއަށް 216 ވޯޓުލިބިފައިވާއިރު އަމިއްލަ ގޮތުން މިދާއިރާއަށް ވާދަކުރެއްވި މުޙައްމަދު ފައިސަލްއަށް ލިބިފައިވަނީ 29 ވޯޓެވެ.

މުލަކު ދާއިރާއަށް ވޯޓުލުމުގެ ހައްޤު 2677 މީހަކަށް ލިބިފައިވާއިރު، ވޯޓުލާފައިވަނީ 2263 މީހުންނެވެ. އަދި ސައްޙަ ވޯޓުގެ ގޮތުގައި 2223 ލިބިފައިވާއިރު ބާތިލް ވޯޓު 40 ލިބިފައިވެއެވެ.

ޝެއަރކުރައްވާ