ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިކްރާމް ޙަސަން މުއްޔަށް ވަޑައިގަތުމުން މަރުހަބާއެއް ދަންވަނީ -- ފޮޓޯ: ފޭސްބުކް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިކްރާމް ޙަސަން ދިއްގަރަށާއި މުއްޔަށް ވަޑައިގެންފިއެވެ.

ދިއްގަރު އަދި މުއްޔަށް އިކްރާމް ވަޑައިގަތުމުން މި ދެރަށުންވެސް ވަނީ އިކްރާމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން މި ދެރަށަށް އިކްރާމް އިއްޔެ ވަޑައިގަތުމާއެކު ދެރަށުގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އިކްރާމަށް މަރުހަބާ ދަންނަވާފައެވެ.

އިކްރާމް ދިއްގަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން މަރުޙަބާ ދަންނަވަނީ: އިކްރާމް މުއްޔަށާއި ދިއްގަރަށް ވަޑައިގަތުމުންވަނީ ހޫނު މަރުހަބާއެއް ކިޔާފައި — ފޮޓޯ: ފޭސްބުކް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދިއްގަރު ދާއިރާގެ ގޮނޑި އިކްރާމް ކާމިޔާބުކުރައްވާފައިވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަޙްމަދު ނާޒިމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ހީނާ ވަލީދުއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.

އެގޮތުން ދިއްގަރު ދާއިރާއަށް ވާދަކުރެއްވި އިކްރާމް ޙަސަނަށް 1085 ވޯޓު ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު ނާޒިމްއަށް ލިބިފައިވަނީ 785 ވޯޓެވެ. ދިއްގަރު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ހީނާ ވަލީދަށް ލިބިފައިވަނީ 283 ވޯޓެވެ.

ޝެއަރކުރައްވާ