މިދިޔަ މަޖިލިސް އިންތިޚާބުގައި މުލަކު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަދި މިހާރުވެސް މުލަކު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބްރާހިމް ނަޞީރު ދާއިރާގެ ރަށްތަކަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އެގޮތުން އެމްޕީ އިބްރާހިމް ނަޞީރު މިދިޔަ ބުރާސްފަތި ދުވަހު ކޮޅުފުއްޓަށް ވަޑައިގަންނާފައިވާއިރު، މިދިޔަ ހުކުރު ދުވަހު ވަނީ ނާލާފުއްޓަށާއި މުލަކަށް ވަޑައިގަންނަވާފައެވެ.

މިއިން ކޮންމެ ރަށަކުންވެސް އެމްޕީ އިބްރާހިމް ނަޞީރަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ. މީގެއިތުރުންވެސް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބައެއް ހަރަކާތްތައްވެސް އެރަށްރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ޝެއަރކުރައްވާ