މުލަކު ބަނދަރުގައި އޮތް ދޯންޏެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް ހޯދާފައިވާކަމަށާއި މިތަކެތި ފެނިފައިވަނީ އެދޯނި ފާޚާނާ ތެރެއިންކަމަށެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ޝެއަރކުރައްވާ