މ. ވޭވަށް --

ވޭވަށުގެ ސިނާޢީ ސަރަޙައްދުގައި ބޯޓް ޔާޑަކާއި ސްލިޕްވޭ އެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ވޭވަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ.

އެކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ވޭވަށު ސިނާޢީ ސަރަޙައްދުގައި އަލަށް ކުއްޔަށް ދޫޚުރުމަށް ކަނޑައަޅާފައިވާ 25000 އަކަފޫޓުގެ ބިމެއް ވިޔަފާރި އުޞޫލުން ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލާފައިވާކަމަށާއި މިބިން ވިޔަފާރި އުޞޫލުން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަކުން ކުލީ ބިމަށް އެދޭ ފޯމު އެއިދާރާއިން ބައްލަވައިގަތުމަށްފަހު ބީލަން ހުށަހެޅުއްވުން އެދޭކަމަށެވެ.

އެގޮތުން ކުލީބިމަށް އެދޭ ފޯމު ވިއްކުން މެއި 2 ވަނަ ދުވަހުން ފެށިގެން މެއި 9 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ 10:00 ން 12:00 އަށް ކައުންސިލް އިދާރާގައި ކުރިއަށްދާނެކަމަށާއި ކުލީބިމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000 ރުފިޔާއަށްކަމަށެވެ. އަދި ޕްރީބިޑް މީޓިންގ މެއި 14 ވަނަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ބީލަން ހުށަހެޅުން މެއި 23 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެއިޢުލާނުގައި ވެއެވެ

ބިޑްގަންނަން ލިބޭނީ އެކައުންސިލުން ދޫކުރާ ބިޑްފޯމު ގަތުމަށްއެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުމުންކަމަށާއި ފޯމް
ހުށަހެޅުއްމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތަކާއި، ބިޑްފޯމް ގަންނަ ފަރާތް ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެކަމަށްވެސް ވޭވަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ޝެއަރކުރައްވާ