މ. އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށްރަށުގެ ބައެއް ކައުންސިލް މެމްބަރުން ހިމެނޭ ވަފްދުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން ޢަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މ.އަތޮޅުގެ ރަށްތަކަށް މެދުވެރިވެފައިހުރި ބައެއް ދަތިތަކާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން އަތޮޅު ކައުންސިލަށް ލޯންޗަކާއި ވޭނެއް ހޯދުމުގެ އިތުރުން ސްޓޭޓް ހައުސް މަރާމާތު ކުރުމާއު ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމާއި ގުޅޭގޮތުންނާއި ކައުންސިލް އިދާރާތައް އިމާރާތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒްއާއެކު މ. އަތޮޅުގެ ވަފަދުން ބޭއްވި ބައްދަލުކުރެއްވުމުގައި މުލަކު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނަޞީރުވެސް ބައިވެރިވެލެއްވިއެވެ.

ޝެއަރކުރައްވާ