މ. އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށްރަށުގެ ބައެއް ކައުންސިލް މެމްބަރުން ހިމެނޭ ވަފްދުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އާއި އެމިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މ. އަތޮޅުގެ ކުލަބް ޖަމްޢިއްޔާތަކުގެ ފޯރަމެއް ބޭއްވުމާއި މ. އަތޮޅުގެ ހުރިހާ ރަށަކަށް ސްޕޯޓްސް ކައުންސިލަރުން އައްޔަންކުރުމާއި އަތޮޅުގެ ރަށްރަށުގައި ނުނިމިހުރި ފުޓްސަލް ދަނޑުތައް ނިންނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އަތޮޅުގެ ރަށްރަށުގައި ސްޕޯޓްސް އެރީނާއާއި ފަތާ ފެންގަނޑު، އަދި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މުލަކު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނަޞީރުވެސް ބައިވެރިވެލެއްވިއެވެ.

މ. އަތޮޅުގެ ވަފްދުން މިހާރު ކުރަމުންދާ ދަތުރުގައި ވަނީ ފިނޭންސް މިނިސްޓަރާއި ހޯމް މިނިސްޓަރާވެސް ބައްދަލުކުރައްވާފައެވެ.

ޝެއަރކުރައްވާ