މ. ދިއްގަރު --

ދުޅަހެޔޮ، ހަށިހެޔޮ ޕްރޮގްރާމްގެ ދަށުން ދިއްގަރުގައި ކަސްރަތު ޕްރޮގްރާމެއް ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ދިއްގަރު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ދިއްގަރުގައި ކަސްރަތު ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާކަމަށާއި މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ އުމުރު ފުރައެއްގެ ބޭފުޅުންނަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މެއި 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިއްގަރު ކައުންސިލު އިދާރާއަށް ވަޑައިގެން ނުވަތަ އެކައުންސިލަށް ގުޅައިގެން ނަންނޯޓު ކުރުމަށް އެދޭކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

ޝެއަރކުރައްވާ