މިހާރު މާލެ ވަޑައިގެން އުޅުއްވާ މ. އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށްރަށުގެ ބައެއް ކައުންސިލް މެމްބަރުން ހިމެނޭ ވަފްދުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދުއާ ބައްދަލުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މ. އަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް، ރަށްރަށުގެ އެއް ގެއަށް ދެމީޓަރު ހަރުކުރުމަށްހުރި ދަތިތައް ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

މ. އަތޮޅުގެ ވަފްދުން މިހާރު ކުރަމުންދާ ދަތުރުގައި ވަނީ ފިނޭންސް މިނިސްޓަރާއި ހޯމް މިނިސްޓަރު އަދި ޔޫތު މިނިސްޓަރާވެސް ބައްދަލުކުރައްވާފައެވެ.

ޝެއަރކުރައްވާ