ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މ. މަޑުއްވަރީ މުއައްސަސާ ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަޑުއްވަރީ ކައުންސިލުން ބުނީ ހުރިހާ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ މުއައްސަސާ ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 4 ން 9 އަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމު މަޑުއްވަރީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށާއި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 20 ވަނަ ދުވަހުގެ 13:00 ކަމަށް މަޑުއްވަރީ ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި ކުޅުންތެރިންގެ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 23 ވަނަ ދުވަހުގެ 13:00 ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 1000 ރުފިޔާކަމަށްވެސް އެކައުންސިލުން މަޢުލޫމާތު ދެއެވެ.

މަޑުއްވަރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުއައްސަސާ ކަޕް ވޮލީ މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަޑުއްވަރީ ހެލްތު ސެންޓަރެވެ.

ޝެއަރކުރައްވާ