މަޑުއްވަރީ ޒުވާން ޖީލް (މިޖާޒް) އިން އިސްނަގައިގެން މަޑުއްވަރީގައި އެޅުމަށް ހަމަޖެހިފައިވާ ހިނަވާގެ އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހިނަވާގެ އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މިމަސައްކަތް ރަސްމީކޮށް ފައްޓަވާ ދެއްވީ މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ޙަސަން މަޙާސިންއެވެ.

ހިނަވާގެ އިމާރާތްކުރަނީ ހިނަވާނެ ތަނެއްގެ އިތުރުން ވުޟޫކުރާނެތަނަކާއި ގުދަނެއް ހިމެނޭ ގޮތަށެވެ.

މަޑުއްވަރީ ކައުންސިލާއި މަޑުއްވަރީ ޒުވާން ޖީލް (މިޖާޒް) ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މިމަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 120 ދުވަހުގެ ތެރޭގައެވެ. މި މުއްދަތު ދީފައިވަނީ ރޯދަމަހާއި ތަކެތި ޖަމާކުރުމަށް ދީފައިވަނީ 15 ދުވަސް ނުލައެވެ.

ޝެއަރކުރައްވާ