-- ފޮޓޯ: ޑީޒެޑްޖޭ

ބަރަކާތްތެރި ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ދިއްގަރު ޒުވާނުންގެ ޖަމްޢިއްޔާއިން “ޑީޒެޑްޖޭ ވާދެމުން ހަބޭސް” ގެ ނަމުގައި ބޭއްވި ވާދެމުމުގެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޓީމް އެކަތަ ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ނައިލޯން ހޯދައިފިއެވެ.

ފިރިހެން ބައިގެ ޗެމްޕިއަންކަން ނައިލޯން ހޯދީ ފައިނަލުގައި ޖޫން 5 ވަނަ ދުވަހުގެރޭ ކެލެޖް ގުލިސްތާނާ ވާދަކޮށް ސީދާ ދެ ދެމުމުން މެޗު ކާމިޔާބުކޮށްގެންނެވެ. ނައިލޯން އަކީ މިދިޔަ އަހަރުގެވެސް ޗެމްޕިއަން ޓީމެވެ. އަންހެން ބައިގެ ޗެމްޕިއަން ޓީމް އެކަތަ ހޯދީ ފައިނަލުގައި ޓީމް ދާލީއާ ވާދަކޮށް ސީދާ ދެ ދެމުމުން މެޗު ކާމިޔާބުކޮށްގެންނެވެ.

ޑީޒެޑްޖޭ ވާދެމުން ހަބޭސްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ނައިލޯން — ފޮޓޯ: ޑީޒެޑްޖޭ

ޖޫން މަހުގެ 4 ން 5 އަށް ބޭއްވި މި މުބާރާތުގެ އަންހެން ބައިގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވެއެވެ. އެޓީމްތަކަކީ ޓީމް ދަލީ، އަނހާ ހުތް، ޓީމް އެކަތަ، އަނހާ ސަހަރޯ، ޓީމް ހަކަތަ އަދި ޓީމް ގޮއިއެވެ. ފިރިހެން ބައިގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ނައިލޯންގެ އިތުރުން ގެރޭ އަދި ކެލެޖް ގުލިސްތާނުއެވެ.

ޝެއަރކުރައްވާ