މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ވޭވަށު ސްކޫލުގައި ބޭއްވި އެސެމްބްލީގެ ތެރެއިން -- ފޮޓޯ: ވޭވަށު ސްކޫލް އެފްބީ ޕޭޖް

މިއަހަރުގެ ފުރަތަމަ ޓާމް ޗުއްޓީ ނިންނާލުމަށްފަހު ސްކޫލުތަކުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިއަހަރުގެ ފުރަތަމަ ޓާމަށް ސްކޫލުތައް ބަންދުވެ، ޓާމް ޗުއްޓީ ދިމާވެފައިވަނީ ރަމަޟާން މަހާއި ޢީދު ބަންދާވެސްއެކުއެވެ. ދެވަނަ ޓާމުގެ ކިޔެވުން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށާފައިވާއިރު ސްކޫލުތަކުގެ ކިޔެވުން ކުރިއަށްދަނީ ރަމަޟާން މަހު ސްކޫލުތައް ބަންދުވުމުގެ ކުރިން ކިޔަވައިދެމުން އައި ގަޑިއަށެވެ. ސަބަބަކީ މިދުވަސްވަރަކީ ރަމަޟާން މަހަށްފަހު އަންނަ ހަ ރޯދައިގެ ދުވަސްވަރުކަމަށްވާތީއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔެވުން ފަށާފައިވާއިރު ދެވަނަ ޓާމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް އެޑިކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޝެއަރކުރައްވާ