-- ފޮޓޯ: އެކުވެރި ގުޅުން

ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން މި ރަމަޟާން މަހު ބޭއްވި އެކުވެރި މަދަހަ މުބާރާތުގެ އެއް ވަނަ މަރިޔަމް ޝޫރާ ޢަލީ ހޮވުނުއިރު ގްރޫޕް ބައިން އެއް ވަނަ ގްރޫޕަކަށް އޯކިޑް ހޮވިއްޖެއެވެ.

ދިއްގަރު ސްކޫލުގައި ރޭ ބޭއްވި ގްރޭންޑް ފިނާލޭގައި ޙުސައިން ނަހުޒާން ރިޔާޟް އެއް ވަނަ އަށް ހޮވުނުއިރު، މުބާރާތުގެ ދެވަނަ އަށް ހޮވިފައިވަނީ އަޙްމަދު ސާތިރު ޢަލީ އެވެ. އަދި ތިން ވަނައަށް ހޮވިފައިވަނީ ޢާއިޝަތު ޝަޒްލީންއެވެ. މި މުބާރާތުގެ ގްރޫޕް ބައިން އެއްވަނައަށް ޓީމް ވަރަދާނަ ހޮވުނުއިރު ދެވަނަ އަށް ހޮވުނީ ޓީމް އޯކިޑްއެވެ. އަދި ގްރޫޕް ބައިން ތިން ވަނައަށް ހޮވުނީ ޓީމް މުރެވި އެވެ.

ގްރޭންޑް ފިނާލޭގައި ވަކިވަކިން މަދަހަ ހުށަހެޅުމުގެ ބައިގައި ގަދަ ފަސް ބައިވެރިޔަކު ވާދަކޮށްފައިވެއެވެ. އަދި ގްރޫޕް މަދަހަ ހުށަހެޅުމުގެ ބައިގައިވެސް 5 ގްރޫޕަކުން ވާދަކޮށްފައިވެއެވެ.

— ފޮޓޯ: އެކުވެރި ގުޅުން

ދިއްގަރު ސްކޫލުގައި ބޭއްވި ގްރާންޑް ފިނާލޭ ޝޯވގެ ފަނޑިޔާރުކަން ކޮށްފައިވަނީ މުޙައްމަދު ޢަބްދުލް ޢަނީ (ތޭރަވާ) އާއި ތޯރިޤް އާއި މުމްތާޒް އެވެ. އަދި ގްރޭންޑް ފިލާނޭގައި ދިއްގަރު ކައުންސިލް މެމްބަރުންނާއި އެކުވެރި ގުޅުން ޖަމްޢިއްޔާގެ މެމްބަރުން ބައިވެރިވެފައިވެއެވެ.

ޖޫން 5 ން 9 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެއްވަނައަށް 6000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން މެދުފުށި އައިލެންޑް ރިސޯޓްގެ ފަރާތުން 3 މީހުންނަށް 2 ދުވަހުގެ ހުރުމާއި ކެއުމުގެ ޚަރަދާއެކު ރިސޯޓް ދަތުރެއް ދީފައިވެއެވެ. މުބާރާތުގެ ދެވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމާއި ހަދިޔާ ދީފައިވާއިރު ، ތިންވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމާއި ހަދިޔާ ދީފައިވެއެވެ. އެއްވަނަ ގްރޫޕަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

— ފޮޓޯ: އެކުވެރި ގުޅުން

މިއަހަރުގެ މުބާރާތުގައި 122 ބައިވެރިންނާއި 15 ގްރޫޕަކުން ބައިވެރިވެފައިވާއިރު މިއަހަރުގެ މުބާރާތުގައި 6 އަހަރުން ދަށް، 7 އަހަރާއި 9 އަހަރާ ދެމެދު، 10 އަހަރާއި 13 އަހަރާ ދެމެދު، 14 އަހަރާއި 16 އަހަރާ ދެމެދު، 17 އަހަރާއި 21 އަހަރާ ދެމެދު، 22 އަހަރާއި 34 އަހަރާ ދެމެދު އަދި 35 އަހަރުން މަތި އަދި ގްރޫޕް މަދަހަ ހުށަހަޅާފައިވެއެވެ.

އެކުވެރި ގުޅުމުން ބުނީ މަދަހަ މުބާރާތަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން އާއި މެދުފުށި އައިލެންޑް ރިސޯޓާއި ޓޫބިޒް އާއި އިލިފަތި އާއި ޒިބިޓް އާއި ދިއްގަރު ސްކޫލް އަދި ދިއްގަރު ޒުވާނުންގެ ޖަމްޢިއްޔާ (ޑީޒެޑްޖޭ) ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށާއި މީގެއިތުރުންވެސް ޖަމްޢިއްޔާގެ މެމްބަރުންގެ ފަރާތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާކަމަށެވެ.

މިއީ ދިއްގަރި އެކުވެރި ޒުވާނުންގެ ގުޅުމުން “އެކުވެރި މަދަހަ މުބާރާތް” ބޭއްވި 4 ވަނަ ފަހަރެވެ.. މިދިޔަ އަހަރުވެސް މި މުބާރާތް ބާއްވާފައިވެއެވެ.

ޝެއަރކުރައްވާ