މުލަކު ސިއްޙީ މަރުކަޒު: އެމަރުކަޒަށް ކޮމިއުނިޓީ ހެލްތު އޮފިސަރެއް ހޯދުމަށްވަނީ އިޢުލާނުކޮށްފައި -- ފޮޓޯ: މުލަކު ސިއްޙީ މަރުކަޒް

މ. މުލަކު ސިއްޙީ މަރުކަޒަށް ކޮމިއުނިޓީ ހެލްތު އޮފިސަރެއް ހޯދުމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން އިޢުލާނުކޮށްފިއެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލުން ޖޫން 10 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މުލަކު ސިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވާކަމަށާއި މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެއްކަމަށެވެ. އަދި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ޖޫން 19 ވަނަ ދުވަހުގެ 12:30ގެ ކުރިން މ. މުލަކު ސިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށް ހުށަހެޅުމަށާއި ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެކަމަށެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަލައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެކަމަށާއި މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ޖޫން 23 ވަނަ ދުވަހާއި ޖުލައި 4 ވަނަ ދުވަހާ ދެމެދު މުލަކު ސިއްޙީ މަރުކަޒުގައި އޮންނާނެކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެކަމަށްވެސް އެއިޢުލާނުގައި ވެއެވެ.

ޝެއަރކުރައްވާ