ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން -- ފޮޓޯ: މަޖިލިސް

ދިއްގަރު ދާއިރާގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވުމުގެ މަސައްކަތް މާތް ﷲގެ އިރާދަފުޅާއެކު ފަށާފައިވާކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

އެމްޕީ އިކްރާމް މިހެން ވިދާޅުވީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އެމްޕީ އިކްރާމް ވިދާޅުވީ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ކުރާ އިޚްލާސްތެރި މަސައްކަތް އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން އެދޭ ވަރަށް ކޮށްދެވޭތޯ މަސައްކަތްކުރައްވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހުވެސް އެމްޕީ އިކްރާމް ވަނީ މަޖިލިސް ތަޅުމުގައި ދާއިރާގެ އަޑު އެއްވެސް ހިފެހެއްޓުމެއްނެތި އިއްވާނެކަމަށާއި އެއްވެސް ތަފާތުކުރުމެއް ނެތި ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޝެއަރކުރައްވާ