އައިއެފްސީގެ ތައްޔާރީތަކުގެ ތެރެއިން -- ފޮޓޯ: ޓީއެފްއެމް ސްޕޯޓްސް ކުލަބް

ޓީއެފްއެމް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން މެދުރާއްޖެ ތެރޭގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތްކަމަށްވާ އައިލެންޑަރސް ފުޓްސަލް ޗެލެންޖް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފޯރިއާއެކު ދިއްގަރުގައި ކުރިއަށް އެބަދެއެވެ.

މިއަހަރު މުބާރާތް ޖޫން މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ޓީއެފްއެމް ސްޕޯޓްސް ކުލަބާއި ރަށުގެ ޒުވާނުންނާއި ކައުންސިލް ގުޅިގެން މިހާރު ދަނީ ދަނޑުގެ އާބާތުރަ ފިލުވުމާއި މުބާރާތް ކުރިއަށްދާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދަނޑުގައި ވަށައިގެން ޖަހާފައިވާ ދާތަކުގެ ތެރެއިން ހަލާކުވެފައިވާ ތަންތަން އައުކޮށް، ގޯލް ތައްޔާރުކުރުމާއި ދަނޑުގައި ސްޓޭޖް ހެދުން ފަދަ މަސައްކަތްތައް ކުރަމުންދާކަމަށް އެކުލަބުން މަޢުލޫމާތު ދެއެވެ.

އައިއެފްސީގެ ތައްޔާރީތަކުގެ ތެރެއިން — ފޮޓޯ: ޓީއެފްއެމް ސްޕޯޓްސް ކުލަބް

ޓީއެފްއެމް ސްޕޯޓްސް ކުލަބުން ބުނީ މި މަސައްކަތްތަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަންއާއި ރަށުގެ ކައުންސިލާއި ރަށުގެ ޒުވާނުންގެ ފަރާތުން އެހީތެރިކަން ލިބެމުންދާކަމަށާއި ތައްޔާރީތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަމަށެވެ.

އައިއެފްސީގެ ތައްޔާރީތަކުގެ ތެރެއިން — ފޮޓޯ: ޓީއެފްއެމް ސްޕޯޓްސް ކުލަބް

ޖޫން މަހުގެ 15 ން 21 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އައިލެންޑަރސް ފުޓްސަލް ޗެލެންޖުގައި މިއަހަރު 10 ޓީމަކުން ބައިވެރިވެފައިވެއެވެ. އެޓީމްތަކަކީ ކުލަބް އެކްސް، އެފްސީ ރިއޯ، އެފްސީޖޭ، އެފްއޯޑީ، ބިޒީ ބޯއިޒް، އޭރިއާ ބޯއިސް، ޖަމިއްޔަތުލް ކޮވިގޯނި، ޑީސީޖޭ، މިދިޔަ އަހަރުގެ ޗެމްޕިއަން އެފްސީ އިފްހާމްސްގެ އިތުރުން އޯބީ އެފްސީއެވެ.

ޝެއަރކުރައްވާ