މ. ދިއްގަރު --

ސަރުކާރުގެ ސިޔާސަތު ދަށުން ކުރިއަށް ގެންދާ ދުޅެހެޔޮ، ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ދިއްގަރުގައި ކަސްރަތު ޕްރޮގްރާމްތަކެއް ފެށުމަށް ހަމަޖެހިއްޖެއެވެ.

ދިއްގަރު ކައުންސިލުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ދިއްގަރުގައި މޫދު ކަސްރަތު އަދި އެއްގަމު ކަސްރަތު ޕްރޮގްރާމްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށާއި މި ދެ ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ އުމުރު ފުރައެއްގެ ބޭފުޅުންނަށް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

އެކައުންސިލުން ބުނީ މި ދެ ޕްރޮގްރާމުގައިވެސް ބައިވުމަށް ބޭނުންވާ ފަރާތްތަކުން ޖޫން 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ދިއްގަރު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލް އިދާރާގެ ނަންބަރަށް ގުޅުއްވައި ނަންނޯޓު ކުރެއްވުން އެދޭކަމަށެވެ.

ޝެއަރކުރައްވާ