އެފްސީ ރިއޯ އާއި އެފްއޯޑީ ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: ޓީއެފްއެމް ސްޕޯޓްސް ކުލަބް

ދިއްގަރުގައި މިހާރު ކުރިއަށްދާ އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން އެފްސީ ރިއޯ ބަލިކޮށް އެފްއޯޑީ ފައިނަލުން ޖާގަހޯދައިފިއެވެ.

އެފްއޯޑީ ފައިނަލުން ޖާގަހޯދީ މިރޭ އެފްސީ ރިއޯގެ މައްޗަށް 8-1 ން ކުރިހޯދައިގެންނެވެ.

އެފްސީ ރިއޯ އާއި އެފްއޯޑީ ވާދަކުރި މެޗުގެ ތެރެއިން — ފޮޓޯ: ޓީއެފްއެމް ސްޕޯޓްސް ކުލަބް

މިމެޗުގައި އެފްއޯޑީގެ ލިޔާހް ހަތަރު ލަނޑު ކާމިޔާބުކޮށްދިންއިރު އަލީ އާއި ޝިފާޢު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިމެޗުގައި އެފްސީ ރިއޯއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޝިޔާޒްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުހޯދީ އެފްއޯޑީގެ ލިޔާހްއެވެ.

އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 21 ވަނަ ދުވަހުއެވެ.

ޖޫން މަހުގެ 15 ން 21 އަށް ދިއްގަރު ފުޓްސަލް ދަނޑުގައި ކުރިއަށްދާ އައިލެންޑަރސް ފުޓްސަލް ޗެލެންޖަކީ ދިއްގަރު ޓީއެފްއެމް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން މ. އަތޮޅު ކައުންސިލާއި ދިއްގަރު ކައުންސިލާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވސް އާއި މ. އަތޮޅު ފުލުހުންގެ އެހީތެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނަކީ ފިއެސް، އެސްޓީއޯ، ހެޕީމާކެޓް، އައިޒާއެވެ. މިއަހަރުގެ ބްރޯޑް ކާސްޓިންގ ޕާޓްނަރަކަށް ވީޓީވީ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ މީމު.އެމްވީއެވެ.

ޝެއަރކުރައްވާ