މ. މުލައް: ދަނޑުވެރިކަމަށް އެރަށުން 16 ބިމެއް ދޫކުރުމަށްވަނީ ހަމަޖެހިފައި -- ފޮޓޯ: މީމު.އެމްވީ

މުލަކުގައި ދަނޑުވެރިކަން އާލާކުރުމުގެ ގޮތުން އާއްމުކޮށް ހުޅުވާލައިގެން 16 ބިމެއް ދޫކުރުމަށް ނިންމައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މުލަކު ކައުންސިލުން ޖޫން 23 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެރަށުގައި ދަނޑުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި އާއްމުކޮށް ހުޅުވާލައިގެން 5000 އަކަފޫޓާއި 6000 އަކަފޫޓާއި ދެމެދުގެ 10 ބިމާއި 3000 އަކަފޫޓާއި 3500 އަކަފޫޓާ ދެމެދުގެ ހަ ބިމެއް ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިކަމަށް ޝައުޤުވެރިވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށާއި ލޯކަލް އިންވެސްޓްމަންޓްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ކުންފުނިތަކަށް ފުރުޞަތު ހުޅުވާލާކަމަށާއި މަޢުލޫމާތު ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދު ފެށިގެން ޖުލައި 8 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި މުލަކު ކައުންސިލް އިދާރާއިންކަމަށް އެއިޢުލާނުގައި ވެއެވެ.

 ޕްރޮޕޯސަލް ހުށަހެޅުން ޖުލައި 11 ވަނަ ދުވަހުގެ 13:00 ގައި މުލަކު ކައުންސިލް އިދާރާގައި އޮންނާނެކަމަށާއި ދެވަނަ ފަރާތެއް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅާނަމަ ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ގަޑީގެ އެއް ގަޑިއިރު ކުރިން އެކަން ބަޔާންކޮށް އެއިދާރާއަށް ލިޔުމަކުން ހުށަހަޅަންވާނެކަމަށްވެސް އެއިއުލާނުގައި ބުނެފައިވެއެވެ. އަދި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިނުވެވޭނެކަމަށްވެސް އެކައުންސިލުގެ އިޢުލާނުގައި ބުނެފައިވެއެވެ.

ޝެއަރކުރައްވާ