މ. މަޑުއްވަރި މިސްކިތް -- ފޮޓޯ: މީމުއެމްވީ

މ. މަޑުއްވަރީ މަސްޖިދުއް ނަޞްރު މިސްކިތުގެ ގޯތީގެ ފާރުގައި ކުލަލުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ގުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑާއެއެވެ. އެ ކުންފުންޏާއެކު މަޑުއްވަރީ ކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެވެ.

މި އެއްބަސްވުމުގެ ދަށުން މަޑުއްވަރީ މަސްޖިދުއް ނަޞްރު މިސްކިތުގެ ގޯތީ ފާރުގެ އެތެރެއާއި ބޭރު ފާރުތަކުގައި ކުލަލުމަށްވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމުމަށް ހުކުރު ދުވަސްތައް ނުލައި އަށް ދުވަހުގެ މުއްދަތެއް ދީފައިވާއިރު މަސައްކަތަށް ބޭނުންވާ ތަކެތި ޖަމާކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ޝެއަރކުރައްވާ