ދިއްގަރުގައި ކުރިއަށްދާ ކަސްރަތު ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ދިއްގަރު ސްޕޯޓްސް ކައުންސިލަރ އެފްބީ ޕޭޖް

ދުޅަހެޔޮ، ހަށިހެޔޮ ޕްރޮގްރާމްގެ ދަށުން ދިއްގަރުގައި ހިންގުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަދެއެވެ.

ދިއްގަރު ސްޕޯޓްސް ކައުންސިލަރު ޒުލައިޚާ މުޙްސިން ވިދާޅުވީ މި ޕްރޮގްރާމަކީ އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމުގައި 60 ކަނބަލުން ބައިވެރިވެފައިވާކަމަށެވެ. މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށްދަނީ ހަފްތާގެ ފަސް ދުވަހުކަމަށާއި ކޮންމެ ދުވަހެއްގެ ދެއިރު ކުލާސްތައް ކުރިއަށްދާކަމަށް ޒުލެއިޚާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ ދުވަހެއް ހެނދުނު މޫދު ކަސްރަތު ކުލާސްތައް ކުރިއަށް ގެންދާއިރު، ހަވީރު ކުރިއަށް ގެންދަނީ އެއްގަމު ކަސްރަތު ކުލާސްތައް ކަމަށާއި ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިއްގަރުގައި ކުރިއަށްދާ ކަސްރަތު ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ: ދިއްގަރު ސްޕޯޓްސް ކައުންސިލަރ އެފްބީ ޕޭޖް

ދިއްގަރުގައި ކަސްރަތު ޕްރޮގްރާމް ފަށާފައިވަނީ ޖޫން 23 ވަނަ ދުވަހުއެވެ. އަދި ޖޫން 22 ވަނަ ދުވަހުގެރޭ ވަނީ ޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދިނުމާއި ބަރުދަން ބެލުމާއި ބީއެމްއައި ބެލުން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ސެޝަންގައި ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ ކެއުން ބަހައްޓަންވީ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

ސަރުކަރުގެ ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމްގެ ދަށުން ދިއްގަރުގައި ކަސްރަތު ޕްރޮގްރާމް ފެށިގެން ކުރިއަށްދާއިރު ވޭވަށުގައިވެސް ދަނީ މިފަދަ ޕްރޮގްރާމެއް ހިންގަމުންނެވެ.

ޝެއަރކުރައްވާ