ރިލެކްސް ފެރީ: ރިލެކްސް ފެރީގެ ޚިދުމަތް އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައި -- ފޮޓޯ: ރިލެކްސް ފެރީ

ރިލެކްސް ސްޕީޑް ލޯންޗް ފެރީ ސަރވިސްއިން މީމު އަތޮޅަށް ދެމުންދިޔަ ފެރީގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މީމު.އެމްވީއަށް މަޢުލޫމާތު ދެމުން ރިލެކްސް ފެރީ ހިންގުމާ ހަވާލުވެހުރި މުޙައްމަދު އަރުސަލް ވިދާޅުވީ މ. އަތޮޅަށް ދެމުންދިޔަ ފެރީގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވަނީ މެއިންޓެނެންސް ބައެއް މަސައްކަތްތަކަށާއި ފެރީގެ ޚިދުމަތާ ގުޅުންހުރި އެހެން ބައެއް މަސައްކަތްތައް ކުރުމަށްކަމަށެވެ. އަދި ފެރީގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމަށެވެ.

ރިލެކްސް ފެރީގެ ޚިދުމަތް އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް އަރުސަލް ވިދާޅުވިއެވެ.

މ. އަތޮޅުގެ ރަށްތަކަށް ރިލެކްސް ފެރީ ހިމެނޭގޮތަށް ހަތަރު ފެރީއަކުން ޝެޑިއުލް ދަތުރުތައް ކުރެއެވެ. އެގޮތުން އެޕަލް ފެރީ، އަޒޫރޯ ޓްރެވަލްސް އަދި މުލި ޓުއަރސްއިން މިހާރުވެސް ދަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ޝެއަރކުރައްވާ