މ. އަތޮޅު ލީގު ޒަމާނީ ބަށިބޯޅަ މުބާރާތުގެ ތެރެއިން --

މ. މުލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބަށިބޯޅަ ފައުންޑޭޝަން އޮފް ދި މޯލްޑިވްސްއާ ގުޅިގެން މ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މ. އަތޮޅު ލީގު ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލުން ދިއްގަރު “ރެހެންދި” އާއި ވޭވަށު “ވެދުން”  ޖާގަހޯދައިފިއެވެ.

މުލީ ސްޓޭޖް ސަރަޙައްދުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް ދިއްގަރު “ރެހެންދި” ޖާގަހޯދީ ގްރޫޕް އޭގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެންނެވެ. ދިއްގަރު “ރެހެންދި” ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި މުލީ “ހެދޭކުރި” އާ ވާދަކޮށް 23 ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗުގައި އިއްޔެ މުލީ” ވިދާތަރި” އާވާދަކޮށް ދިއްގަރުން މެޗު ކާމިޔާބުކުރީ 27 ލަނޑު ތިން ފޯލިންނެވެ. މިމެޗުގައި މުލީގެ ވިދާތަރިއަށް ހެދުނީ 15 ލަނޑު އެއް ފޯލިއެވެ.

މ. އަތޮޅު ލީގު ޒަމާނީ ބަށިބޯޅަ މުބާރާތުގެ ތެރެއިން —

ވޭވަށު ” ވެދުން” މުބާރާތުގެ ފައިނަލުން ޖާގަހޯދީ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން ވޭވަށުން ވަނީ ގްރޫޕްގައި ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ނާލާފުށި” ރަންތަރި” އާ ވާދަކޮށް 31 ލަނޑު އެއް ފޯލިން މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި ނާލާފުއްޓަށް ހެދުނީ 19 ލަނޑު ނުވަ ފޯލިއެވެ. ވޭވަށުން ކުޅުނު ދެވަނަ މެޗުވެސް އިއްޔެ ކުޅުނުއިރު، މިމެޗު އެޓީމުން ކާމިޔާބުކުރީ މަޑުއްވަރި “އަރާތަރި” އާ ވާދަކޮށް 31 ލަނޑުންނެވެ. މިމެޗުގައި މަޑުއްވަރިއަށް ހެދުނީ 15 ލަނޑު ނުވަ ފޯލިއެވެ.

ޖުމްލަ ހަ ޓީމު ބައިވެރިވި މިމުބާރާތް  ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫަޕަކުންވެސް އެއް ވަނައަށްދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ.

ޝެއަރކުރައްވާ