މ. ނާލާފުށީ ރައްޔިތުންގެ މަސްދޯނި “ދުރުރާސްތާ 7” ގެ އިންޖީނު ޓޮޕް އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކޮށްފިއެވެ.

ނާލާފުށީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ކުރިން އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެއް ފަރާތަކުންކަމަށްވާތީ އެއިޢުލާނު ބާތިލްކޮށް،  ” ދުރުރާސްތާ 7 ” ގެ އިންޖީނު ޓޮޕް އޯވަރހޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.

ނާލާފުށީ ކައުންސިލުން ތަކެތި ދިނުމުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށާއި މަޢުލުމާތު ދިނުމުގެ ބައްދަލުވުން ޖުލައި 11 ވަނަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައި އޮންނާކަމަށް އެއިޢުލާނުގައި ވެއެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖުލައި 18 ވަނަ ދުވަހުގެ 11:00 އާހަމައަށް ކައުންސިލް އިދާރާއިންކަމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މިއިދާރާއަށް އަންގާވާނެކަމަށްވެސް އެއިޢުލާނުގައިވެއެވެ.

އަންދާސީ ހިސާބު ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ” ރައްޔިތުންގެ މަސްދޯނި ދުރުރާސްތާ 7 ގެ އިންޖީނު ޓޮޕް އޯވަރހޯލް ކުރުމަށް އެދި ” މިގޮތަށް ލިޔެފައި އޮންނަންވާނެކަމަށާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމަށްވެސް ނާލާފުށީ ކައުންސިލުން ޖުލައި 8 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ޝެއަރކުރައްވާ