ރިވެލި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޖެންޑަރ މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރިވެލި އެވޯޑް މ. މުލައް/ހުސްނޫވިލާ، މުޙައްމަދު ރައިޝާން އަޙްމަދު އާއި މ. މުލައް/ފެހިވާދީ، ސިފުނާ އިބްރާހީމްއަށް ލިބިއްޖެއެވެ.

ރިވެލި އެވޯޑް މުޙައްމަދު ރައިޝާންއަޙްމަދު އާއި ސިފްނާ އިބްރާހިމްގެ އިތުރުން 19 ފަރާތްތަކަށް ވަނީ ލިބިފަ އެވެ. އިސްލާމިކް މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފެވެ.

އެވޯޑް ލިބުނު މުޙައްމަދު ރައިޝާން އަޙްމަދުއަށް އެވޯޑް ހާސިލްކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިންނެވެ. އަދި ސިފްނާ އިބްރާހިމް އެވޯޑް ހާސިލްކޮށްފައިވަނީ ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިންނެވެ. ސިފްނާ އަކީ މިއަހަރު ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހާސިލްކޮށްފައިވާ ފަރާތެކެވެ.

އެވޯޑް ލިބުނު ފަރާތްތައް

  • މުހައްމަދު ރައިޝާން އަހުމަދު، ހުސްނޫވިލާ، މ.މުލައް،
  • އަލްހާފިޒު އަހުމަދު ނަބީހު އަބްދުލްޤާދިރު، މާބަގީޗާގެ، ލ.މާވައް
  • މަރްޔަމް ނޫރާ ރަޝާދު، މއ.ސެނަކާ
  • ފާތިމަތު އިބްރާހީމް، ކާނިމާގެ، ޅ.ހިންނަވަރު
  • އަލްހާފިޒު އަލީ އަމްޖަދު، ރަބީއު، ހދ.ކުޅުދުއްފުށި
  • ޝަފީނާޒް ސައީދު، ހީނާމާގެ، ގއ.ކޮލަމާފުށި
  • ރަޙުމާ އީސާ، ހ.ފިލްމީ ސައިޓް
  • ދިމްނާ ފާކިރު، ގުލްދަސްތާގެ، ސ.ފޭދޫ
  • ނަޙްވާން ޔޫސުފް، ތަންހަޅިއާގެ، ޅ.ނައިފަރު
  • އަޔާން އާލް ބިން އަޙްމަދު ނާސިރު، މ.އަބާނާ
  • ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް
  • އަހުމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް
  • މަރިޔަމް ލުމައިހާ އާދިލް، މ.ސާނިޔާ
  • މުޙައްމަދު ނިޔާފް، ލޫބިޔާ، ލ.ފޮނަދޫ
  • ވަސްމީ ވަހީދު، ސޯސަންމާގެ، ބ.ތުޅާދޫ
  • ޢަލީ އަމީން، ގ.ރަންރީދޫގެ
  • މޯލްޑިވްސް އޯޓިޒަމް ސެންޓާ
  • ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
  • ރޭޑިއޯ އެޓޯލް

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދެވޭ ޤައުމީ އެވޯޑެކެވެ.

ޝެއަރކުރައްވާ