މ. މުލި -- ފޮޓޯ: ޓުވިޓަރ

މ. މުލި އަދި ނާލާފުށި ކޯޒުވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މުލި އަދި ނާލާފުށި ކޯޒުވޭއަކުން ގުޅައިލުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ޑިޒައިން މަސައްކަތް ބީލަށް ހުޅުވައިލާފައެެވެ. އެގޮތުން މުލި އަދި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުމަށާއި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަންމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ޕްލޭނިން މިނިސްޓްރީގައެވެ. އަދި މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ޕްލޭނިން މިނިސްޓްރީގައި އޮންނާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް މިއަހަރުގެ ބަޖެޓްގައި ވަނީ 2.675 މިލިއަން ރުފިޔާ ހިމަނާފައެވެ. އަދި މިއީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ޝެއަރކުރައްވާ