ނާލާފުށި -- ފޮޓޯ: ނާލާފުށި ފޭސްބުކް ޕޭޖް

މ. ނާލާފުށީ އައު އިންޖީނުގެ އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިޢުލާނު ކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ މަޢޫލޫމާތާއި ކުރެހުމާއި ބީއޯކިއުއާ އެއްގޮތަށް ނާލާފުށީގައި އައު އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުންވާކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖުލައި 10 ވަނަ ދުވަހުގެ 14:00 އަށް ވަޑައިގެން ަޢޫލޫމާތު ސާފުކުރުމަށްފަހު ޖުލައި 23 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޕޯޓް ކޮމްޕްލެކްސްގައި ހުންނަ އެކުންފުނީގެ ހެޑްއޮފީހުގައި ނުވަތަ މ.ނާލާފުށި  ބްރާންޗުގައިކަމަށާއި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެކަމަށާއި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު އެކުންފުންޏަށް ލިބިގެންވާކަމަށް ޖުލައި 4 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ޝެއަރކުރައްވާ