ދިއްގަރު: ވިޔަފާރިކުރުމަށް ދިއްގަރުން ދެ ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށްވަނީ އިޢުލާނުކޮށްފައި -- ފައިލް ފޮޓޯ

ވިޔަފާރިކުރުމަށް ދިއްގަރުން ދެ ބިމެއް ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ދިއްގަރު ކައުންސިލުން އިޢުލާނުކޮށްފިއެވެ.

ދިއްގަރު ކައުންސިލުން ޖުލައި 11 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ދިއްގަރު މަގުލަސްގޭ އުތުރުން އޮންނަ ހުސްބިމާއި ދެބުދާރުގޭގެ އުތުރުން އޮންނަ ހުސް ބިން ވިޔަފާރިކުރުމަށް ކުއްޔަށް ދިނުމަށް ކައުންސިލުން ބޭނުންވާކަމަށާއި މި ދެބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖުލައި 22 ވަނަ ދުވަހުގެ 10:00 ގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޚާޟިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު ޖުލައި 25 ވަނަ ދުވަހުގެ 10:00 ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޚާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެކަމަށާއި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެކަން އަންގައިދޭ ލިޔުމެއެއް ގެންނަންވާނެކަމަށްވެސް އެއިޢުލާނުގައި ވެއެވެ.

ޝެއަރކުރައްވާ