މުލަކުގައި ބޭއްވި ދީނީ ދަރުސްގެ ތެރެއިން --

މ. މުލަކު ކައުންސިލާއި އިސްލާމިކް ފައުންޑޭޝަން އޮފް މުލައް ގުޅިގެން ދީނީ ދަރުހެއް ބާއްވައިފިއެވެ.

ޖުލައި 11 ވަނަ ދުވަހު މުލަކު ބަނދަރު ސަރަޙައްދުގައި ބޭއްވި މި ދަރުހުގައި އެރަށުގެ ރައްޔިތުންގެ ބައިވެރިވެފައިވާއިރު މި ދަރުސް ދެއްވާފައިވަނީ އައްޝައިޚް މުޙައްމަދު މަންޞޫރުއެވެ. މި ދަރުސްގައި މަޢުލޫމާތު ދީފައިވަނީ ” ސުވަރުގެ އެދޭ މީހާއެވެ.” މި މަޢުޟޫއަށެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް މުލައް އަކީ މުލަކުގެ ރައްޔިތުން އެރަށުގެ ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކުރުމުގެ މަޤުޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާއިން ދަނީ ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކޮށް އަހުލުވެރިކުރުމަށް އެކި ހަރަކާތްތައް މުލަކުގައި ހިންގަމުންނެވެ.

ޝެއަރކުރައްވާ