މ. އަތޮޅުގެ ރަށްތަކަށް ޝެޑިއުލް ދަތުރުތައް ކުރުމަށް އައު ފެރީއަކުން ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

” މީމު އެކްސްޕްރެސް” ގެ ނަމުގައި ޖުލައި 20 ވަނަ ދުވަހުން ފެށުމަށް ހަމަޖެހިފައިވާ މިފެރީ ދިއްގަރު، މަޑުއްވަރި، މުލައް، ވޭވަށް، މުލި އަދި ނާލާފުއްޓަށް ދަތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މީމު އެކްސްޕްރެސްއިން މަޢުލޫމާތު ދޭގޮތުގައި އެފެރީގެ ޓިކެޓް އަގު އުޅޭނީ މިހާރުވެސް އަތޮޅަށް ދަތުރުކުރަމުންދާ ރޭޓްތަކުގައި ކަމަށާއި ދަތުރުކުރުމަށް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. ދަތުރުތަކުގައި ބޭނުންކުރަނީ ފަޅުވެރިންނާއެކު 30 މީހުންގެ ޖާގައިގެ ލޯންޗެއްކަމަށްވެސް މީމު އެކްސް ޕްރެސްއިން މަޢުލޫމާތު ދެއެވެ.

މީމު އެކްސްޕްރެސްގެ ނަމުގައި އައު ފެރީއެއްގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާއިރު، މިހާރުވެސް ތިން ފެރީއަކުން އަތޮޅަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ޝެއަރކުރައްވާ