ކޮޅުފުށީ ރައްޔިތުންގެ މަސްދޯނި -- ފޮޓޯ: ކޮޅުފުށި ކައުންސިލް

މ. ކޮޅުފުށީ ރައްޔިތުންގެ މަސްދޯނި “ދުރުރާސްތާ 8” އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ.

ކޮޅުފުށީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކޮޅުފުށީ ރައްޔިތުންގެ 85 ފޫޓްގެ މަސްދޯނި “ދުރުރާސްތާ 8” އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ދޯނި ކުއްޔަށް ދިނުމަށް ހުށަހަޅަންޖެހޭ ބިޑްފޮތް ޖުލައި 18 އިން ޖުލައި 25 ވަނަ ދުވަހުގެ 14:00 އަށް އެކައުންސިލް އިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށާއި ބިޑް ފޮތުގެ އަގަކީ 500 ރުފިޔާކަމަށެވެ.

މަސްދޯނި ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ބައްލަވައިގަތުމަށްފަހު ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހޭ 20،000 ރުފިޔާ ދައްކައި، އޮގަސްޓް 1 ވަނަ ދުވަހުގެ 11:00 އަށް ބިޑް ހުށަހެޅުމަށް ކޮޅުފުށީ ކައުންސިލް އިދާރާއަށް ވަޑައިގަތުމަށް ދަންނަވާކަމަށާއި ދޯންޏާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއަށް ގުޅުއްވުމަށްވެސް ކޮޅުފުށީ ކައުންސިލުން ޖުލައި 15 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވެއެވެ.

ޝެއަރކުރައްވާ